ބޭންކް އޮފް މޯލްޑިވްސް

ދެ ފަހަރަށް ފައިސާ ކެނޑިފައިވާތީ ބެންކުން މައާފަށް އެދިއްޖެ

ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ކެނޑިފައިވާތީ ބެންކު އޮފް މޯލްޑިވްސް އިން މައާފަށް އެދިއްޖެ އެވެ.

ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ކެނޑިފައިވާތީ އެކަމާއި ގިނަ ކަސްޓަމަރުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބެންކު އޮފް މޯލްޑިވްސްއިން މިރޭ ބުނީ ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ކެނޑިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެން މެދުވެރިވާން ދިމާވި މައްސަލަ ހޯދިފައިވާ ކަމަށާ އަދި އެކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ބެންކުން ވަނީ ބުނެފައެވެ.

"މިކަމާ ގުޅިގެން ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެން،" ބެންކުން ކޮށްފައިވާ ޓްވީޓެއްގައިވެއެވެ.