ވިޔަފާރި

10 ރަށެއްގެ އިންޖީނު ގެއަށް ޑީސަލް ގެންދާނެ ބަޔަކު ހޯދަނީ

Aug 21, 2020
1

ފަސް ރަށެއްގެ އިންޖީނު ގެއަށް، ބަނދަރުން ޑީސަލް ގެންގޮސްދޭނެ ބަޔަކު ހޯދަން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އިއުލާނުކޮށްފި އެވެ.

އެފްއެސްއެމް އިން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި ރަށްރަށުގެ ބަނދަރު / ޖެޓީން އެ ރަށެއްގެ ފެނަކަ އިންޖީނުގޭގެ ޓޭންކަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް ޑީސަލް ޑެލިވަރީ ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ ކުންފުނިން އިންޖީނު ގެތަކަށް ޑީސަލް ޑެލިވަރީ ކޮށްދޭން އިއުލާނުކޮށްފައިވާ ރަށްރަށަކީ ހއ މާރަންދޫ އާއި ށ. ކަނޑިތީމު އަދި ނ. މާފަރުގެ އިތުރުން ފ. ބިލެއްދޫ އާއި ތ. ވިލުފުށްޓެވެ. ދެން ހިމެނޭ ރަށްރަށަކީ ތ. މަޑިފުށި އަދި ތ. ތިމަރަފުށްޓާއި ލ. ފޮނަދޫ އަދި ލ. ގަން (މަތިމަރަދޫ، މުކުރިމަގު، ތުނޑި) އަވަށެވެ.

އެފްއެސްއެމް އިން ބުނި ގޮތުގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާ، ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.