ވިޔަފާރި

ތާޖު އެގްޒޯޓިކާއަށް ޓްރިޕް އެޑްވައިޒާގެ އެވޯޑެއް

Aug 24, 2020

ތާޖު އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްއަށް، ޓްރިޕް އެޑްވައިޒާގެ އެވޯޑެއް ލިބިއްޖެ އެވެ.

ތާޖު އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާއަށް ށް ލިބިފައި ވަނީ ޓްރިޕް އެޑްވައިޒާގެ ލަގްޒަރީ ލައިފް ސްޓައިލް އެވޯޑެވެ.

އިންޑިއާގެ ތާޖު ކުންފުނިން ރާއްޖޭގެ ކ. އެނބޫދޫ ފިނޮޅުގައި ހިންގާ ތާޖު އެގްޒޯޓިކާ ރިސޯޓު ޓްރިޕް އެޑްވައިޒާގެ 15 ކެޓަގަރީއަކަށް ވާދަ ކޮށްފައިވެ އެވެ.

އެ ރިސޯޓުން ބުނީ ޓްރިޕް އެޑްވައިޒާގެ މި އެވޯޑު ލިބިފައި ވަނީ އެ ރިސޯޓުން ކަސްޓަމަރުންނަށް ދެމުން ގެންދާ މަތީ ފަންތީގެ ހިދުމަތްތަކުގެ ސަބަބުން ކަމަށެވެ.

ތާޖު އެގްޒޯޓިކާއަށް މީގެ ކުރިން ވެސް ޓްރިޕް އެޑްވައިޒާގެ ގިނަ އެވޯޑު ތަކެއް ލިބިފައިވެ އެވެ. މި އަހަރު އެ ރިސޯޓަށް ޓްރިޕް އެޑްވައިޒާގެ ހޯލް އޮފް ފްރޭމް ސެޓްފިކެޓް އޮފް އެކްސެލެންޓް އެވޯޑު ވެސް ލިބުނެވެ. އަދި ކޮންޑެ ނަސްޓް ޓްރެވަލާގެ އެވޯޑު ތަކެއް ވެސް ލިބިފައިވެ އެވެ.