ދުނިޔެ

ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ 750 މިލިއަން މަދިރި ދޫކޮށްލަނީ

ފްލޮރިޑާ - (އޯގަސްޓް 21) ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ 750 މިލިއަން މަދިރި ދޫކޮށްލާ، އެމެރިކާ ސަރުކާރުގެ މި މަޝްރޫއުގެ މަގްސަދަކީ ނުރައްކާތެރި ބަލިތައް ކަމުގައިވާ ޑެންގީ އަދި ޒިކާ ވައިރަސް ފަތުރާ މަދިރި އާލާވުން މަދު ކުރުމެވެ. މި މަޝްރޫއުއަށް ފެހި ސިގްނަލް ލިބުމާއެކު ތިމާވެށި ހިމާޔަތްކުރަ ގްރޫޕްތަކުން އެކަމާއި ވަނީ ދެކޮޅު ހަދާފަ އެވެ. އެމީހުން ބުނާ ގޮތުން މި ކަމުގެސަބަބުން ހީވެސް ނުކުރާފަދަ ގެެއްލުުންތަކެއް ވެދާނެ އެވެ.

އެއް ގްރޫޕަކުން މިކަން ކުށްވެރިކޮށް ބުނެފައިވަނީ މިއީ އާންމު "ޖުރެސިކް ޕާކް އެކްސްޕެރިމެންޓެ" އް ކަމަށެވެ. ތިމާވެށި ހިމާޔަތް ކުރން އުޅޭ އެކްޓިވިސްޓުން ބުނަނީ މިކަމުގެ ސަބަބުން އިކޯސިސްޓަމަށް ގެއްލުންތައް ލިބޭނެ ކަމަށެވެ.

އެމެރިކާގެ ސަރުކާރު ގަބޫލުކުރާ ދިރާސާތަކަށް ބުރަވެ މިކަމުގެ މަސައްކަތުގައި އުޅޭ ކުންފުނިން ބުނާގޮތުގައި މި މަޝްރޫގެ ސަބަބުން އިންސާނުން އަދި ތިމާވެއްޓަށް ވެސް ގެއްލުމެއް ނުލިބޭނެ އެވެ. އަދި 2021 ވަނަ އަހަރު މި މަދިރިތައް ފްލޮރިޑާ އާއި އަދި އެހެން ރަށްތަކަކަށް ދޫކުރުމަށް ނިންމީ ފެޑެރަލް ސަރުކާރުގެ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިންނެވެ.

މިދިޔަ މޭމަހު އެމެރިކާ ގެ އެންވަޔަރަންމެންޓް އޭޖެންސީ އިންވަނީ އެމެރިކާގެ ކުންފުންޏަކަށް ޖީން މޮޑިފައިކޮށްފައިވާ ފިރިހެން އީޑިސް އިޖިޕްޓީ މަދިރި އާލާ ކުރުމުގެ ހުއަދަދީފަ އެވެ. މި ވައްތަރުގެ މަދިރިއަށް ދީފައިވާ ނަމަކީ އޯއެކްސް 5034 އެވެ. އީޑިސް މަދިރިއަކީ ނުރައްކާތެރި ބަލިތައް ކަމުގައިވާ ޑެންގީ އާއި ޗިކުން ގުންޔާ އާއި ޒިކާ އަދި ޔެލޯ ފީވާފަދަ ބަލިތައް ފަތުރާ ދިރުމެކެވެ.

އިންސާނުން ގައިން ލޭ ބޮނީ މި ވައްތަރުގެ ހަމައެކަނި އަންހެން މަދިރި އެވެ. އެ މަދިރިތައް ލޭ ބޮނީ ދަރިމައިވާ ބިސް އުފެއްދުމަށެވެ. އެމެރިކާގެ ޕްލޭންއަކީ މޮޑިފައިކޮށްފައިވާ މަދިރި ބޭނުން ކޮށްގެން އަންހެން މަދިރި ދަރިމައި ކުރުވުމެވެ. ފިރިހެން މަދީރީގެ ހުންނަ ޕްރޮޓީންއެއްގެ ސަބަބުން އަލަށް އުފަންވާ އަންހެން މަދިރިތައް ބޮޑުވެ ލޭ ބޯންފެށުމުގެ ކުރިން މަރުވެ އެވެ. ފިރިހެން މަދިރިތައް ހަމައެކަނި ބޮނީ މާމަލުގެ ފޮންޏެވެ، މިކަމުގެ ސަބަބުން މަދިރި އާލާވުން މަދުވެ މަދިރީގެ އާބާދީ މަދުވެ އިންސާނުންނަށް މަދިރީގެ ސަބަބުން ޖެހޭ ބަލިތައްޖެހުން މަދުވާނެ އެވެ.

މި މަޝްރޫއާއި ދެކޮޅާށް 240000 މީހުން ޕެޓިޝަންއެއްގައި ވަނީ ސޮއި ކޮށްފައެވެ. އެކަމަކު މިމަދިރި އާލާ ކުރާ ފަރާތުން ބުނާ ގޮތުގައި އެއް ބިލިއަންއަށްވުރެ ގިނަ މަދިރި އެމީހުން ވަނީ މިހައިތަނަށް އެކި ގައުމުތަކަށް ދޫކޮށްފަ އެވެ. އަދި އޭގެ ސަބަބުން އިންސާނުންނަށއި ތިމާވެއްޓަށްވެސް އެއްވެސް ގެއްލުމެއް ނުވެއެވެ. އެކަމަކު ފްލޮރިޑާގެ މަދިރިތައް މަދިރި މަރަންޖަހާ ބޭހަށް ނުގުޑާކަން ވެސް ވަނީ މިހާރު ފާހަގަ ކުރެވިފަ އެވެ.