ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭގައި ކޮވިޑަށް ފަރުވާދޭ 62 ޕަސެންޓް އެނދު ފުރިފައި

Aug 23, 2020
1

ކޮވިޑް-19 އިގެ ދެވަނަ ރާޅު މިހާރު ރާއްޖެއަށް ބިންދާލާފައިވާއިރު، އެކަމާ ދެކޮޅަށް ފިޔަވަޅުތައް ރޭ އަނެއްކާވެސް ވަރުގަދަ ކޮށްފައިވާއިރު، އާއްމުންގެ ގިނަ ބައެއްގެ ފާޑުކިއުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އަށް ވަނީ އަމާޒުވެފަ އެވެ.

ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމާއެކު ގިނަ ބަޔަކު ދަނީ މި ބަދަލުގެ ސަބަބުން އާއްމުންނަށް އެކި ގޮތްގޮތުން އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް ބުނަމުންނެވެ.

އެކަމާ ގުޅިގެން، އެ ބަދަލު ގެނައީ ބަލި ފެތުރޭ ކަމަށް ރިކޯޑު ކުރެވިފައިވާ ޒުވާނުންގެ މެދުގައި އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ހުއްޓުވުމަށް ކަމަށް އެޗްޕީއޭއިން ބުނެފައިވަނިކޮށް، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ހާއްސަކޮށް މާލޭ ސަރަހައްދުގައި ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެގެން ދިއުމާއެކު، އެޑްމިޓުކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދުވެސް ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން، މިހާރުވެސް މާލެ ސަރަހައްދުގައި ހުރި ހޮސްޕިޓަލުގެ އެނދުތައް 62 ޕަސަންޓް ފުރިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"މި ބަލީގެ އެންމެ ނުރައްކާ ބޮޑު އާއިލާގެ މީހުން ރައްކާތެރިކުރުމަށްޓަކައި، މިހާރުން މިހާރަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މިދިޔަ ދެ ހަފްތާގައި ވެސް ދިޔައީ އިތުރުވަމުންނެވެ. މިދިއަ ބުރާސްފަތި ދުވަހު ވަނީ ކޮވިޑްގެ 278 ކޭސް އާއެކު އާ ޕީކް އެއް އައިސްފަ އެވެ.