އެމްއެމްއޭ

ބެންކުތަކުގެ ފައިދާ ބެހުމުގެ ކުރިން އަންގަން އެދިއްޖެ

Aug 23, 2020

ހިއްސާގެ ފައިދާ ބެހުމުގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އަންގަން އެދިއްޖެ އެވެ.

އެ އޮތޯރިޓީން ބެންކުތަކަށް އެކަން އަންގާފައިވަނީ މިއަދު އާންމުކުރި ދެންނެވުމެއްގައެެވެ.

ބެންކުތަކުން މިހާރު ގެންދަނީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާތައް ބެހުމަށް ތައްޔާރުވަމުންނެވެ. ބެންކުތަކުގެ ހިއްސާގެ ފައިދާ ބެހުމުގެ ކުރިން އެމްއެމްއޭ އެ މައުލޫމާތު ހިއްސާ ކުރަން އެންގުމުގެ ބާރު އެ އޮތޯރިޓީއަށް ލިބިގެންވެއެވެ.

ރާއްޖޭގައި ހިންގަމުން ދަނީ ހަ ބެންކެކެވެ. އޭގެ ތެރެއިން އާންމުންނަށް ހިއްސާ ވިއްކާ އޭގެ ފައިދާ ބަހަމުންދަނީ ގައުމީ ބެންކް، ބެންކު އޮފް މޯލްޑިވްސް އާއި އިސްލާމިކް ބެންކުންނެވެ.