ދުނިޔެ

މެކްސިކޯގެ ނޫސްވެރިއަކު މަރާލަން އަމުރުކުރި މީހާ ޖަލަށް

މަޝްހޫރު ނޫސްވެރިއަކު މަރާލަން އަމުރު ކުރުމުގެ ކުށުގައި މެކްސިކޯގައި މީހަކު 50 އަހަރަށް ޖަލަށް ލައިފި އެވެ.

މިރޮސްލަވާ ބްރީޗް އަކީ މެކްސިކޯގައި 2017 ވަނަ އަހަރު މަރާލި 11 ނޫސްވެރިންގެ ތެރެއިން އެކެކެވެ. ޢެނާއަކީ މަސްތުވާ ތަކެއްޗާއި ޚިޔާނާތާއި ބޮޑެތި ހަމަނުޖެހުންތައް ކަވަރު ކުރާ ނޫސްވެރި އެކެވެ.

ޕްރޮސެކިއުޓަރުން ވިދާޅުވާ ގޮތުގައި މިހާ ދިގު މުއްދަތެއްގެ ހުކުމެއް މެކްސިކޯގެ ހުއާން ކާލޯސް އަށް އައުމަކީ މިނިވަން ހިޔާލާއި ދެކޮޅަށް ހިންގޭ ޖަރީމާތައް ހުއްޓުވަމަށް އެޅި އިބްރަތްތެރި ފިޔަވަޅެކެވެ. މެކްސިކޯގެ ނޫސްވެރިންނަށް ދެވޭ ހަމަލާތަކުގެ 90 ޕަސެންޓް ތަހުގީގުކޮށް ފިޔަވަޅު އެޅިފައެއް ނުވެއެވެ.

ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕެއް ކަމުގައިވާ ޕްރޮޕުއެސްޓާާ ސިވިކާ ވަނީ މިފަދަ ހަމަލަތައް ތަހުގީގު ކުރަން މެކްސިކޯ ސަރުކާރަށް ގޮވާލާފަ އެވެ. މި އަހަރުތެރޭގައި ހަތަރު ނޫސްވެރިއަކު މެކްސިކޯގައި މަރާލާފައިވާ ކަމަށް ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ރިޕޯޓާޒް ވިތައުޓް ބޯޑާޒް އިންވަނީ ބުނެފަ އެވެ.

އުމުރުން 54 ގެ މިރޮސްލަވާ ބްރީޗް ގަޔަށް އަށް ވަޒަން ޖަހާފައި ވެއެވެ. އޭނާގެ ގަޔަށް ވަޒަން އެރީ ޗިހުއާހުއާ ސީޓިގައި ހުންނަ އޭނަގެ ގޭގެ ބޭރުންނެވެ. އެ ހާދިސާ ހިނގީ މާޗް 23، 2017 ގައެވެ. ޢެނާގެ ދަރިޔަކު އެވަގުތު އޭނަޔާއެކު ކާރުގައި އިނެވެ. ނަމަވެސް އެއްވެސް އަނިޔާއެއް ނުވެ އޭނާ ސަލާމަތްވި އެވެ.

ބްރީޗް ވަނީ ރޭވިގެން ހިންގާ ޖަރީމާތަކާއި މަސްތުވާތަކެތީގެ މައްސަލަތަކާއި އަދި ހިޔާނާތުގެ މައްސަލަތަކުގެ ޚަބަރުތައް ނޫސްވެރިއެއްގެ ގޮތުގައި ވަރަށް ފުރިހަމައަށް ގެނެސްދީފަ އެވެ. މިގޮތުން މެކްސިކޯގެ ގައުމީ ނޫސް ލަ ޖޮމާޑާ އަށާއި އަދި ސަރަހައްދީ ނޫހަކަށް ވެސް އޭނާ ވަނީ މަސައްކަތް ކޮށްދީފަ އެވެ.

ޢޭނަގެ ގާތިލުން ވަނީ އޭނަ މަރާލަން ޖެހުނީ "މާ އަނގަގަދަވެގެން" ކަމަށް ނޯޓެއް ލިޔެފައި ބާއްވާފަ އެވެ