ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް މީޑިއާ ކައުންސިލް

ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް ހުރަހެއްނެތް: އެމްއެމްސީ

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފިޔަވަޅުތައް ވަރުގަދަކުރިނަމަވެސް ނޫސްވެރިންގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި ހުރަހެއް ނެތް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް މިރެއިން ފެށިގެން އަޅާނެއެވެ. އެގޮތުން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ވެހިކަލް ދުއްވުން ވަނީ މަނާ ކޮށްފައެވެ.

އެކަމާއި ގުޅިގެން ނޫސްވެރިން ވަނީ އެ މީހުންގެ ޒިންމާއައި މަސްއޫލިއްޔަތު އަދާކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުލުހުން ވަނީ ނޫސްވެރިންވެސް މަނާ ގަޑިތަކުގައި ގެއަށްދާން ޖެހިއްޖެނަމަ ޓެކްސީއެއްގައި ދިއުމަށް އެދިފައެވެ.

ނަމަވެސް މިއަދު މީޑިއާ ކައުންސިލުން ނެެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ވެހިކަލް ދުއްވުން މަނާކުރި ނަމަވެސް ނޫސްވެރިން، ނޫސްވެރިންގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް އަމިއްލަ ވެހިކަލްގައި އުޅުމަށް ހުރަހެއް ނެތް ކަމުގެ ޔަގީންކަން ފުލުހުންނާއި އެޗްއީއޯސީން ދީފައިވާ ކަމަށެވެ.

ނަމަވެސް އެ ނޫން ހާލަތެއްގައި ނޫސްވެރިންވެސް އާންމު ފަރުދުންނެކޭ އެއްގޮތަށް އަމަލުތައް ބެލެހެއްޓުމަށް އެމްއެމްސީން ވަނީ އިލްތިމާސްކޮށްފައެވެ.