ހަބަރު

އައްޑޫއަށް އަސްތަކެއް ގެންދަނީ

Aug 24, 2020
11

އައްޑޫއަށް އަސްތަކެއް ގެންދަން އެ އަތޮޅުގެ ޒުވާނުންތަކެއް ހުށަހަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާ ސައިގެ ވަގުތަށް މެދުކަނޑާކޮށްލެއްވުމުގެ ކުރިން، ނަޝީދު ވިދާޅުވީ އައްޑޫއަށް ފަސް އަސް ގެންދަން ހުއްދަ ދިނުމުގެ ހުރިހާ ސެޓްފިކެޓުތަކެއް އެގްރިކަލްޗާ މިނިސްޓްރީން މިހާރު ހަދާ ނިންމާފައިވާ ކަމަށެވެ.

"އެ ކުދިން އެ މަޝްރޫއުއާ ގުޅޭ ވަރަށް ތަފްސީލީ މައުލޫމާތު އަޅުގަނޑާ ވަނީ ހިއްސާކޮށްފައި. އަޅުގަނޑަށް ފެނުނީ މިއީ ވަރަށް ޝައުގުވެރި ޕްރޮޖެކްޓެއްގެ ގޮތުގައި. އަޖުމަ ބެލުން ރަނގަޅު ކަމެއްގެ ގޮތުގައި،" ވަރަށް އަވަހަށް އަސް ދުއްވުމުގެ ހިދުމަތް އައްޑޫގެ ރައްޔިތުންނަށާއި އައްޑޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިކަން ހިއްސާ ކުރުމުން ތަޅުމުގައި ތިބި ބައެއް މެންބަރުން ވަނީ އެކަން ކޮވިޑް-19 އާ ގުޅިގެން ވެހިކަލް ދުއްވުން މަނާ ގަޑިތައް އިތުރު ކޮށްފައިވުމާ ގުޅުވާފަ އެވެ. އެކަމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ އަސް ގެންދާ ވާހަކައަކީ ވެހިކަލް ދުއްވުން މަނާ ގަޑިއާ ގުޅިގެން ވިދާޅުވި ވާހަކައެއް ނޫން ކަމަށެވެ.