ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޑޮލަރުގެ އަގު ބޮޑުވާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

Aug 25, 2020

ދިވެހި ފައިސާގެ އަގު ދަށްވިޔަ ނުދީ ހިފެހެއްޓުމަށާއި އެކަށީގެންވާ އަގެއްގައި ބޭރުފައިސާ ގަނެ ވިއްކޭނެ ފަސޭހަ މަގެއް ފަހިކުރުމަށް ސަރުކާރަށް ގޮވާލައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ އަގު 20 ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ހައްލުކޮށްދިނުމުގައި މިހާރުގެ ގަވަރުނަރު އަލީ ހާޝިމް އިސްވެ މަރުކަޒީ ބޭންކުން އިހުމާލުވެފައިވާތީ، ސަރުކާރުން އެކަން ހައްލުކުރުމަށްޓަކައި ދިވެހި ފައިސާގެ އަގު ދަށްވިޔަ ނުދީ ހިފެހެއްޓުމަށާއި އެކަށީގެންވާ އަގެއްގައި ބޭރުފައިސާ ގަނެ ވިއްކޭނެ ފަސޭހަ މަގެއް ހޯދައި ދިނުމަށް ޖާބިރު ވަނީ ގޮވާލައްވައިފަ އެވެ.

ނަމަވެސް، އެ ކުއްލި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި 18 މެންބަރުން އެއާ ދެކޮޅަށް ވޯޓު ދެއްވިއިރު، މައްސަލައާ އެއްކޮޅަށް ލިބުނީ އެންމެ ހަ ވޯޓެވެ.

އެއާއެކު އެ މައްސަލައަށް ބަހުސްނުކޮށް ވަނީ ބޭރުކޮށްލައިފަ އެވެ.