ހަބަރު

މީރާގެ ބޯޑަށް ހަތަރު މެންބަރުން އައްޔަނުކުރަން ފާސްކޮށްފި

Aug 25, 2020
3

މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުގެ ހަތަރު މެމްބަރުން އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މީރާގެ މެންބަރަކު އިސްތިއުފާ ދެއްވުމުގެ އިތުރުން، އެ ބޯޑުގެ ތިން މެންބަރެއްގެ ދައުރު ހަމަވާތީ އެވެ.

އެގޮތުން، މިމަގާމުތަކަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން އަށް ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައިވާއިރު، ނަންތައް ދިރާސާކުރި އިގްތިސާދީ ކޮމިޓީން ތަޅުމަށް ފޮނުވާފައިވަނީ ފަސް ބޭފުޅެއްގެ ނަމެވެ.

މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ބޯޑަށް ހަތަރު ބޭފުޅަކު އައްޔަނުކުރަން ވޯޓު ދެއްވި އިރު، އެއް ބޭފުޅަކު އައްޔަނުކުރަން ނުފެންނަކަމަށް މަޖިލީހުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ.

މަޖިލީހުން ރުހުން ދިން ހަތަރު ބޭފުޅުން

  • މުމްތާޒް ޢަބްދުއްރަޝީދު، މުރިނގު / ހދ.ހަނިމާދޫ
  • ލީނާ މުޙައްމަދު ޒާހިރު ޙުސައިން، ހ.ނީލްވިލާ
  • ހުޝާމް ވަޙީދު، ގ. މާލެހިޔާ 2 03-15
  • ޢާއިޝަތު ޢަޝާ ޢަލީ، ހ.އީސްޓްވާރޑް

މަގާމަށް އައްޔަނު ކުރަން ނުފެންނަ ކަމަށް މަޖިލީހުން ނިންމީ އަލީ އިރުފާނެވެ.

މީރާގެ ބޯޑުގައި ހަތް މެމްބަރުން ހިމެނޭ އިރު އޭގެ ތެރޭގައި ހިމެނެނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ފަސް މެމްބަރުންގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނެވެ.