ހޮލީވުޑް

ބްލެކްް ޕެންތާގެ ތަރި ޗެޑްވިކް މަރުވެއްޖެ

Aug 29, 2020

ބްލެކް ޕެންޗާގެ ތަރި، ޗެޑްވިކް ބޯސްމަން، ކެންސަަރު ބަލީގައި ފަަރުވާ ކުރަަމުން ދަނިކޮށް މަރުވެއްޖެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ޗެޑްވިކް ދިޔައީ ކެންސަރު ބައްޔަށް ފަަރުވާ ކުރަމުންނެވެ. އޭނާ މަރުވިކަން ޔަގީން ކޮށްދީ ސްޓޭޓްމަންޓެއް ޕޯސްޓެއް ކޮށްފަައި ވެއެވެ.

ޕަބްލިކްގައި އޭނާގެ ބައްޔާ ބެހޭ ގޮތުންް ވާހަކަ ދަައްކާފަައި ނުވިިޔަސް އެ ސްޓޭޓްމަންޓުގައި ބުނާ ގޮތުން، ވޭތުވެ ދިޔަ އަހަރު ތަކުގައި އޭނާ ކުޅުނު މަޝްހޫރު ފިލްމުތަކުގެ މަސައްކަތުގައި އުޅުނީ ވެސް ބައްޔަށް ފަަރުވާ ކުރަމުންނެވެ. ގިނަ ބަޔެއްގެ ލޯބި ހޯދި "ބްލެކް ޕެންތާ" ފިލްމު ކުޅުމުގެ އެއް އަހަރު ކުރިން ކުޅުނު "މާޝަލް" ފިލްމު ވެސް ކުޅުނީ ސާޖަރީ ތަކާއި ކީމޯތެރަޕީގެ ތެރެއިން ކަމަށް ސްޓޭޓްމަންޓުގައި ބުނެ އެވެ.

މާވެލްް ސްޓޫޑިއޯގެ ސުޕަހީރޯ އެއްގެ ގޮތުގައި ޗެޑްވިކް މަގުބޫލުވުމުގެ ކުރިން ވެސް އޭނާ އަކީ ކަޅު ނަސްލުގެ މަޝްްހޫރު މީހުން ދައްކުވައިދޭ ގޮތަށް ކުޅުނު ފިލްމުތަަކުން އާއްމުންގެ ލޯބި ހޯދި މީހެކެވެ. 2013 ގައި ނެރުނު "42" ފިލްމުގައި ކުޅުނު ޖެކީ ރޮބިންސަންގެ ރޯލާއި 2014ގެ ފިލްމު "ގެޓް އަޕް އޮން"ގައި ކުޅުނު ޖޭމްސް ބްރައުންގެ ރޯލު ފާހަގަ ކުރެވެ އެވެ.

ބްލެކް ޕެންތާ އަށް ޑެބިއު ކުރުމުގެ ކުރިން، "ކެޕްޓަން އެމެރިކާ: ސިވިލް ވޯ"ގައި އޭނާގެ ފުރަތަމަ ފެނިލުމަށް ގިިނަ ބަޔަކު ތައުރީފު ކުރި އެވެ. އަަދި އެ ފިލްމުވެގެން ދިޔައީ ކަޅު ނަސްލުގެ މީހަކު ލީޑުކޮށް ނެރޭ ފުރަތަމަ ސުޕަހީރޯ ފިލްމު ބްލެކް ޕެންތާ އަށް ކުރި އިންތިޒާރަކަށެވެ.

އެ ފިލްމަކީ އޮސްކާ އަށް ނޮމިނޭޓްވި ފުރަތަމަ ސުޕަހީރޯ ފިލްމެވެ. 76 ވަނަ ގޯލްޑަން ގްލޯބްސް އެވޯޑުގައި ތިން ކެޓަގަރީ އަކުން ނޮމިނޭޓް ވި އިރު މިދިޔަ އަހަރުގެ 91 ވަނަ އެކަޑެމީ އެވޯޑްގައި އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން، އެންމެ މޮޅު އޮރިޖިނަލް ސްކޯ އަދި އެންމެ މޮޅު ޕްރޮޑަކްޝަންގެ ކެޓަގަރީތަކުން އެވޯޑު ކާމިޔާބު ކުރި އިިރު ހަތް އެވޯޑަކަށް ނޮމިނޭޓު ވި އެވެ.

"ބްލެކް ޕެންތާ"ގެ ދެވަނަ ބަޔެއް ނެރެން ނިންމާފައިވާކަންވެސްް މިދިޔަ އަަހަރު ވަނީ އިއުލާންކޮށްފަ އެވެ. މާވެލްގެ ޑީ23 އިވެންޓެއްގައި ސްޓޫޑިއޯގެ ކޯ ޕްރެސިޑެންޓު ކެވިން އިއުލާންކޮށް ބުނީ މި ފިލްމު ރިލީޒް ކުރާނީ 6 މެއި 2022 ގައި ކަމަށެވެ.