ޖިންސީ ގޯނާ

ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރު

Aug 29, 2020

ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ބިދޭސީއަކު ޖިންސީ ގޯނާކޮށްފި އެވެ.

ފުލުހުން ބުނީ އއ ތޮއްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 31 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ހުށައަޅާފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން 43 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ.

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ