އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

އައިކޮމްގެ މުވައްޒަފުންނަށް ސީއެޗްއާރުއައިގެ ތަމްރީން ޕްރޮގްރާމެއް

Sep 15, 2020

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ކޮމަންވެލްތް ހިއުމަން ރައިޓްސް އިނިޝިއޭޓިވް (ސީއެޗްއާރުއައި) އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ވާޗުއަލްކޮށް ކުރިއަށް ގެންދާ ދެ ދުވަހުގެ މި ތަމްރީން ޕްރޮގްރާމް މިއަދު ފައްޓަވައި ދެއްވީ ލޯކަލް ގަވާމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތުމަތު އަފްޝާން ލަތީފެވެ.

މި ތަމްރީން ޕްރޮގްރާމުގައި ކިޔަވައި ދެއްވަނީ އިންޑިއާގެ ފުރަތަމަ ޗީފް އިންފޮމޭޝަން ކޮމިޝަނަރު ވަޖާހަތު ހަބީބުﷲ އާއި ކުރީގެ ޗީފް އިންފޮމޭޝަން ކޮމިޝަނަރު ބިމާލް ޖުލްކާ އާއި ސީއެޗްއާރުއައިގެ އެކްސަސް އިންފޮމޭޝަން ޕްރޮގްރާމްގެ އިސްވެރިޔާ ވެންކަޓޭޝް ނަޔަކް އަދި ސީއެޗްއާރުއައިގެ އިންޓަރނޭޝަނަލް ޑިރެކްޓަރ ސަންޖޯއި ހަޒާރިކާއެވެ.

މިއީ އައިކޮމްއިން އިންތިޒާމްކޮށްގެން މުވައްޒަފުން ތަމްރީންކުރަން ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ.

މި ރަސްމިއްޔާތުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޗެއާޕާސަން، އަދި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒާއި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ބައިވެރިވެވަޑައިގަތެވެ.