ހަބަރު

ޕީޖީކަމުން ވަކިވުމަށްފަހު ވަކީލުކަން ނުކުރެވޭ ގޮތް ހަދައިފި

Sep 16, 2020
3

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމުން ވަކިވެ ވަޑައިގަންނަވާ ބޭފުޅުންނަށް ގާނޫނީ ވަކީލުކަން އެއް އަހަރު ވަންދެން ނުކުރެއްވޭ ގާނޫނޫ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ. އެ އިސްލާހު ފާސްކުރީ މިދިޔަ މަހު އޮގަސްޓު 31 ވަނަ ދުވަހު އެވެ.

އެ ގާނުނު ބުނާ ގޮތުން ޕީޖީ ކަމުން ވަކިވުމަށްފަހު އަންނަ ފުރަތަމަ އެއްހަރުގެ ތެރޭގައި ޕީޖީގެ މަގާމުގެ ހައިސިއްޔަތުން އެ މީހަކު އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، އެ މަގާމުން ވަކިވާ މީހަކު ކޮށްގެނެއް ނުވާނެ އެވެ.

މި ގާނޫނުގައި ޕީޖީ ޒިންމާ އަދާ ކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އިތުރު ވަޒީފާ އަދާ ނުކުރުމާއި، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ނުކުރުމަށާއި، މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށާއި، ސިޔާސަތުތައް އެކަށައެޅުމަށާއި، ސުލޫކީ ހަމަތަކާއި ހިލާފުވުން ފަދަ ކަންކަމުގައި އަމަލު ކުރާނެ ގޮތް ހިމަނާފައި ވެއެވެ.

އަދި މާލީ ހިސާބު ހުށަހެޅުމަށާއި ސުލޫކީ ހަމަތަކާއި މުވައްޒަފުން ޚިލާފުވުމުން އަމަލުކުރާނެ ގޮތުގެ ތަފްސީލު ވެސް ހިމެނެ އެވެ.