ފިނޭންސް މިނިސްޓްރީ

ކުޅުއްދުއްފުށިން ކުނި ނަގާނެ ބަޔަކު ފިނޭންސުން ހޯދަނީ

Sep 17, 2020

ހދ. ކުޅުދުއްފުއްޓަށް ވމާވެފައިވާ ކުނިތައް ނަގާ ސާފުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނެއް ކޮށްފި އެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އުތުރުގައި ސިޓީއެއްގެ ގޮތުގައި އޮތް ކުޅުދުއްފުއްޓަށް ޖަމާވެފައިވާ ކުނިތައް ނަގާ ސާފުކޮށް ދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

ކުނި ނަގައި ކުނިކަހާ ސާފު ކުރާ މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. އަދި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 75،000 ރުފިޔާ ހުށައަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

މި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކަމަަށެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ބިޑްތައް ބަލައެއް ނުގަންނާނެ އެވެ.