އެމްޑަބްލިއުއެސްސީ

ފެން ބިލު ދައްކާއިރު މައުލޫމާތު ފުރިހަމަ ކުރަން އެދެފި

Sep 17, 2020

ފެންް ކުންފުނީގެ ބިލު އެ ކުންފުނީގެ އެޕުން ޑައިރެކްޓް ބޭންކް ޓްރާންސްފާ އަދި ޗެކުން ދައްކާއިރު ކަސްޓަމަރުންގެ އެކައުންޓް އަޕްޑޭޓް ނުވަނީ ކުންފުނިން އެދިފައިވާ ފޯމު ފުރިހަމަ ނުކުރާތީ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކޮވިޑާ ގުޅިގެން ގިނަ ކުންފުނިތަކުން ވަނީ ބިލަށް ފަައިސާ ދެއްކުމާއި އިތުރު ހިދުމަތްތައް ވެސް އޮންލަައިންކޮށް ކުރިއަށްގެން ދިޔުމަށް އެދިފަ އެވެ. އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭ ހިދުމަތްތަކަށް ޗެކް އަދި ޑައިރެކްޓް ބޭންކް ޓްރާންސްފާ މެދުވެރިކޮށް ބިލަށް ފައިސާ ދެއްކި ކަމުގައި ވީނަމަވެސް ބައެއް ކަސްޓަމަރުންގެ އެކައުންޓް އަޕްޑޭޓްވުމުގައި ލަސްތަކެއް ހުރި ކަމަށް އެ ކުންފުނިން މިއަދު ބުންޏެވެ.

އެގޮތަށް، ދިމާވަނީ، ޑައިރެކްޓް ބޭންކް ޓްރާންސްފަ މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުުމަށްފަހު އެކުންފުނިން އެދިފައިވާ ގޮތުގެމަތިން ޑައިރެކްޓް ބޭންކް ޓްރާންސްފަ ލިންކް ފޯމް ފުރިހަމަ ނުކުރާތީ ކަމަށް ފެން ކުންފުނިން ބުނެ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ފައިސާ ދައްކާ ނިމުމުން ލިންކުގައިވާ މައުލޫމާތު ފުރިހަމަ ނުކުރާ ކަސްޓަމަރުން ވީއެންމެ އަވަހަކަށް މަޢުލޫމާތު ފުރިހަމަ ކުރުމަށް އެދޭ ކަމަށެވެ. އަދި އެ ކުންފުނީގެ ހިދުމަތް ބޭނުން ކުރާއިރު އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.