މަސީ

ބޯޑަރު ހުޅުވުން: އެންމެ ގިނަ މީހުން ރާއްޖެ އައީ އިއްޔެ

ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، މިދިއަ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ މީހުން އައީ އިއްޔެ ކަމަށް މައި އެއާޕޯޓް، ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްއިން މިއަދު ބުނީ ބޯޑަރު ހުޅުވި ފަހުން އެންމެ ގިނަ މީހުން ރާއްޖެ އައީ އިއްޔެ ކަމަށެވެ. އިއްޔެ ރާއްޖެ އައިސްފައި ވަނީ 867 މީހުނެވެ. އެ ނަމްބަރާއެކު އެ ކުންފުނިން މީގެ ކުރިން ވަނީ މިދިޔަ ދެ މަހުގެ ތަފާސް ހިސާބުތައް އާންމު ކޮށްފަ އެވެ. ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 15 ގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 7،607 މީހުނެވެ. އޮގަސްޓް 16 އިން ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 12،883 މީހުނެވެ. އެހެން ކަަމުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އައި މީހުންގެ އަދަދު ވަނީ 69.36 ޕަސެންޓް މައްޗަށް ޖެހިފަ އެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 15 ގެ ނިޔަލަށް ރާއްޖެއިން ފުރާފައި ވަނީ 9،241 މީހުންނެވެ. އޮގަސްޓް 16 އިން ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 14،984 މީހުންނެވެ.