ހަބަރު

މީހެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމްވެއްޖެ

Sep 22, 2020

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއެއް އެޅިި ޒަހަމް ވެއްޖެ އެވެ. އިއްޔެވެސް މިފަދަ ހާދިސާއެއް ހިނގާފައިވެއެވެ.

އެމްއެންޑީއެފުން ބުނީ ކ. ދިއްފުށި ކަނދުފަތީގެ އިތުރުން 26 ނޯޓިކަލް މޭލު ބޭރުގައި މަަސްވެރިކަމުގައި އުޅުނު "އަޒުމް" ދޯނީގައި ހުރި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމްވެފައިވާ ކަމަށެވެ. އެ މީހާއަށް ސިއްހީ އަވަސް ފަރުވާ ދިނުމަށް ސިފައިން ވަނީ އެހީތެރިވެދީފައެވެ.

އިއްޔެވެސް އދ. މަންދޫ ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ކޮންކޯޑް" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި އުމުރުން 65 އަަހަރުގެ ދިވެއްސެއްގެ ލޮލުގައި މިއަދު ބުޅިއެއް އެޅި ޒަހަމްވެފައިވެއެވެ.