ވިޔަފާރި

ރައްކާތެރިކަމަށް ވީއީއައިއޭ އޮތީ ތައްޔާރަށް: އާ ސީއީއޯ

Sep 27, 2020

މެހުމާނުންނާއި އެއާޕޯޓް ބޭނުންކުރާ ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަމަށްޓަކައި ތައްޔާރަށް އޮތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އާ ސީއީއޯ ގޯޑަން އެންޑްރޫ ސްޓުއާޓް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮވިލެޖް ޕްރޮގްރާމް ލޯންޗް ކުރަން މިރޭ ވާޗުއަލްކޮށް ބޭއްވި އިންވެންޓުގައި ވާހަކަ ދައްކަވުން އާ ސީއީއޯ ސްޓުއާޓް ވިދާޅުވީ ވީއައިއޭ އިން ރާއްޖެ އާއި ދުނިޔޭގައިވެސް މިހާލަތުގައި އެއާޕޯޓެއްގައި އަޅާނެ އެންމެހާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ބޭނުންވަނީ ފަސިންޖަރުންގެ އިތުބާރާއި ޔަގީންކަން ހޯދައިގެން ކުރިއަށްދާން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަގުސަދު ހާސިލް ކުރުމަށްޓަކައި 22 ވަނަ ދުވަހު ވަނީ އޭސީއައި އިންޓަނޭޝަނަލް ހެލްތް އެކްރެޑިޓޭޝަން ސެޓްފިކޭޝަން ލިބިފައި ކަމަށާ، މިއީ މި ސެޓްފިކެޓް އޭޝިއާ ޕެސިފިކް ގައުމަކުން ލިބުނު ދެވަނަ ތަން ކަމަށެވެ. އަދި މިއީ ދުނިޔޭގައި މި ސެޓްފިކެޓް ލިބުނު 12 ވަނަ އެއާޕޯޓް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫރަޕާއި މެދުއިރުމަތި އަދި އުތުރު އެފްރިކާގެ އިތުރުން އޭޝިއާ އަދި އެމެރިކާގައި އޭވިއޭޝަން އެންޑް ޓްރާންސްޕޯޓުގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ސްޓުއާޓް ވިދާޅުވީ ވީއައިއޭއަކީ މިހާލަތުގައި ސޭފް ކޮރިޑޯއެއްގެ ގޮތުގައި ބާއްވަން ބޭނުންވާ ކަމަށާ، އެހެންވެ އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގެ އެއާޕޯޓް ތަކެކޭ އެއްގޮތަށް އަވަސްކޮށް ޓެކްސްޓް ކުރުމުގެ ގާބިލްކަން ގާއިމް ކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.