ވިޔަފާރި

މޯލްޑިވް ގޭހުގެ ބަދިގެ ސްޓޮކް އެއްކޮށް ވިއްކާލަނީ

Sep 29, 2020

މޯލްޑިވް ގޭސް އިން ވިއްކާ ބަދިގެ ސާމާނުގެ މުޅި ސްޓޮކް އެއްފަހަރާ ގަންނާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

މޯލްޑިވް ގޭހުން އެ ހުރިހާ ސާމާނެއް އެއްފަހަރާ ވިއްކާލަން ބޭނުން ވަނީ މިވަގުތު ހުރި ސްޓޮކް ހުސްކޮށްލާށެވެ. އެ ސްޓޮކަށް ޝައުގުވެރިވާ ފަރާތްތަކުން ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ޔުނިޓުގައި މާދަމާ އޮންނަ މައުލޫމާތު ސެޝަނަށް ގޮސް މައުލޫމާތު ސާފްކުރަން ޖެހެ އެވެ. އެ ސެޝަނުގައި ތަކެތީގެ ލިސްޓު ހިއްސާ ކުރާނެ އެވެ.

މޯލްޑިވްސް ގޭސް އެ ސްޓޮކް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ އަގު ހުށަހަޅަން ޖެހެ އެވެ.