ހަބަރު

ދިވެހި ސިވިލް ސާވަންޓުންނަށް އިންޑިއާގެ އޮންލައިން ތަމްރީނު

Sep 29, 2020
1

ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުން ތަމްރީނު ކުރުމަށް އިންޑިއާއިން އޮންލައިންކޮށް ކޯސްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފި އެވެ.

ސިވިލް ސާވަންޓުން ތަމްރީނު ކުރަން އިންޑިއާގެ ކަމާބެހޭ އިދާރާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ދޭ ތަމްރީނު ފުރުސަތުތައް އަލުން ފެށުމާ ގުޅޭގޮތުން، ސީއެސްސީގެ މެންބަރުން ވަނީ އިންޑިއާ ސަފީރު ސަންޖޭ ސުދިރްއާ ބައްދަލުކޮށްފަ އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ރާއްޖެއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިދިއަ އަހަރުން ފެށިގެން މިހާތަނަށް ދިވެހި ސިވިލް ސާވިސްގެ 130 އަށް ވުރެ ގިނަ މުވައްޒަފުންނަށް ތަމްރީނު ދީފައިވާ ކަމަށެވެ.

"އަދި ވަރަށް އަވަހަށް އޮންލައިން ޓްރެއިނިން ކޯސްތައް ފެށޭނެ،" ހައިކޮމިޝަނުން ބުންޏެވެ.