މުހައްމަދު ހަމީދު

ފުލުހުންނަށް އަނިޔާވެރި ނުވުމަށް ގޮވާލައިފި

ބާރުގެ ބޭނުން ކުުރުމުގައި ފުލުހުން އަނިޔާވެރި ނުވުމަށާއި ފުލުުހުންނަށްވެސް އެހެން ފަރާތްތަކުން އަނިޔާވެރި ނުވުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ގޮވާލައްވައިފި އެވެ.

ސީޕީ މިކަމަށް ގޮވާލެއްވީ ބައިނަލްއަގުވާމީ އަނިޔާ އާ ދެކޮޅު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖްގައެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އަނިޔާއާ ދެކޮޅު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.

ހަމީދު ވިދާޅުވީ ރައްޔިތުންގެ ރައްކާތެރި ކަމަށް އަދި އަމާން މުޖްތަމައެއް ގާއިމް ކުރުމަށް ގާނޫނުން ބާރު ލިބިގެން "ފިޒިކަލް ފޯސް" ބޭނުންކުރާ އެއް ބަޔަކީ ފުލުހުން ކަމަށެވެ. އަދި ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރު ބޭނުން ކުުރުމުގައި އަނިޔާވެރި ނުވުމަށް ސީޕީ ވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެ އިތުރުން ފުލުހުންނަށްވެސް އެހެން ފަރާތްތަކުންް އަނިޔާވެރިނުވުމަށް އިލްތިމާސް ކުރެއްވި އެވެ.

ރައްޔިތުންގެ ރައްކާތެރި ކަމަށް އަދި އަމާން މުޖްތަމައެއް ގާއިމް ކުރުމަށް ގާނޫނުން ބާރު ލިބިގެން "ފިޒިކަލް ފޯސް" ބޭނުންކުރާ އެއް ބަޔަކީ ފުލުހުން. މިއަދު އަޅުގަނޑުގެ އިލްތިމާސްއަކީ ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރު ބޭނުން ކުުރުމުގައި އަނިޔާވެރި ނުވުމަށް. އަދި ފުލުހުންނަށްވެސް އެެހެން ފަރާތްތަކުން އަނިޔާވެރި ނުވުމަށް. އަމާން މުޖްތަމައެއް ބިނާ ކުރެވޭނީ އެކަކު އަނެކަކަށް އަޅާލައި ރައްކާތެރި ކަމަށް އިސްކަން ދީގެން
މުހައްމަދު ހަމީދު | ކޮމިޝަނަރު އޮފް ޕޮލިސް

ބައެއް އެއްވުންތަކާއި މުޒާހަރާތައް އަދި އިހުތިޖާޖުތަކާއި ބައެއް އޮޕަރޭޝަންތަކުގައި ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރާ ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރެއެވެ. އެގޮތަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެތަށް ބަޔަކަށް އަނިޔާވެސްވެފައިވެއެވެ. އަދި ބައެއް އެއްވުންތަކާއި މުޒާހަރާތައް އަދި އިހުތިޖާޖުތަކުގައި ފުލުހުންނަށް ބޮޑެތި އަނިޔާތައް ލިބޭ ގޮތަށްވެސް ބައެއް ފަރާތްތަކުން އަމަލު ކުރެއެވެ.