ވިޔަފާރި

12 އަހަރުވެ ހަލާކުވެފައި ހުރި އެއާކޯންތަކެއް ފިނޭންސުން ނީލަމަށް

Oct 1, 2020

ފިނޭންސް މިނިސްޓްރީން ބޭނުންކޮށް، މުޅީން ހަލާކުވެފައި ހުރި ގިނަ އަދަދެއްގެ އެއާކޯންތަކެއް ނީލަމަށް ލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީގައި ބޭނުންކޮށް ބާވެ ހަލާކުވެފައި ހުރި އެއާކޯން ތަކެއް ނީލަން ކިޔަން ބޭނުންވާ ކަމަށެވެ. މި ނީލަމުގައި ބައިވެރިވެވޭނީ މި މަހުގެ 11 ވަނަ ދުވަހު އެ މިނިސްޓްރީގެ ގޯތިތެރެއަށް ގޮސް ގެނެވެ. ނީލަމުގައި ބައިވެރިވާން ދާ މީހުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ނީލަން ކިޔަން އިއުލާނު ކޮށްފައިވާ އެއާކޯންތަކަކީ 12 އަހަރު ވަންދެން ބޭނުން ކޮށްފައި ހުރި ތަކެއްޗެވެ. މިއީ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައިވާ ތަކެތި ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. މި އެއާކޯންތަކުގެ ނީލަން ފެށޭ އަގަކީ 1،264.60ރ. އެެވެ.

ސަރުކާރުގެ އޮފީސްތަކުން ބޭނުންކުރާ ހަރުމުދާ ހަލާކުވި ނަމަވެސް ނައްތާލެވޭނީ ވަކި އުސޫލެއްގެ މަތިންނެވެ. ނަމަވެސް ބައެއް އޮފީސްތަކުން މި އުސޫލަށް އަމަލެއް ނުކުރެ އެވެ.