ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޝަތު މުހައްމަދު ދީދީ

ކޮވިޑާ ދެކޮޅު މަަސައްކަތުގައި އިސްކޮށް ތިބީ އަންހެނުން

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އަންހެންނަށް ކުރިމަތިވި ގޮންޖެހުން ބޮޑުވީނަމަވެސް އެ ވަބާއިން ސަލާމަތްކުރުމަށް އިސް ސަފުގައި ގިނައިން ހަރަކާތްތެރިވަނީ އަންހެނުން ކަމަށް މިނިސްޓަރު އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވަނީ އދ ގެ ޖެނެރަލް އެސެމްބްލީގެ 75 ވަނަ ސެޝަންގައި "ފޯތް ވާލްޑް ކޮންފަރެންސް އޮން ވިމެން" އަށް ފަންސަވީސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި އޮންލައިން ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތަކުގެ އެންމެ އިސް ރޯލެއް އަދާ ކުރަނީ އަންހެނުން ކަމަށެވެ. އަދި ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމާއި ޓެސްޓް ހެދުމާއި ހާއްސަ ރައްކާތެރި ކަމަށް ބޭނުންވާ މީހުނަށް ތައްޔާރުކުރި ވަގުތީ ހިޔާތައް ހިންގުމުގައިވެސް ހިތްވަރުގަދަ، ހުނަރުވެރި އަދި ގާބިލު އަންހެން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023 ގައި، ބެއިޖިން ޑެކްލަރޭޝަނާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލަށް ރިއާޔަތް ކޮށް އަންހެނުން ބާރުވެރިކުރުވުމާއި ގޮތް ނިންމާ މަރުހަލާގައި އަންހެނުންގެ ޙިހިސާ އިތުރު ކުރުމާއި އަންހެނުންނާއި މެދު ކުރެވޭ އެންމެހާއި ތަފާތުކުރުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.