މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކާސްޓް ލައިސަންސަށް ހުޅުވާލައިފި

ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސާއާ ގުޅޭ އުސޫލު ގެ ދަށުން މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއީ ފަސް އަހަރުގެ މުއްދަތަށެވެ.

ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ކޮމިޝަނުން ނިންމާފައިވަނީ ޓެރެސްޓްރިއަލް އާއި ކޭބަލް ނެޓްވާކް އާއި ސެޓެލައިޓް
އާއި މޯބައިލް ނެޓްވާކް އާއި އިންޓާނެޓް އަދި އެ ކޮމިޝަނުން ފާސްކޮށްފައިވާ އެހެން ދާއިރާތަކަށެވެ.

ލައިސަންސްއަށް އެދުމުގެ ފޯމް ބްރޯޑްކޮމްގެ ވެބްސައިޓުން އަދި އެ އިދާރާގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ. އެ ފުރުސަތު މިއަހަރުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ކޮމިޝަނުން ދޫކުރާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްތައް އައު ފޯމެޓެއްގައި ދޫކުރުމަށާއި މީގެކުރިން ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްތައް އައު ފޯމެޓަށް އެއްވެސް އަގަކާނުލައި ބަދަލުކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.