ރައްޔިތުންގެ މަޖިލިސް

ޒީނާ ވަކިކުރަން ކޮމެޓީން ނިންމައިފި

ބްރޯޑްކޮމްގެ މެމްބަރު ޒީނާ ޒާހިރު އެ ކޮމިޝަނުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ. ކޮމެޓީގެ މިއަދުގެ ބައްދަލްވުމުގައި އެ ނިންމުން ނިންމީ ފަސް މެންބަރުންގެ ވޯޓުންނެވެ.

ކޮމެޓީން އެ ނިންމުން ނިންމިއިރު މިއަދުގެ ބައްދަލްވުމަށް ޒީނާ ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެެއެވެ. ޒީނާ ވަކިކުރަން ނިންމީ އޭގެ ފަހުންނެވެ. ޒީނާ ވަކި ކުރަނީ ގާނޫނީ ވާޖިބު އަދާ ނުކުރުމާއި ވަކި ވަކި މީޑިއާ އިދާރާތަކާ މެދު ތަފާތުކޮށް އަމަލު ކޮށްފައިވާ ކަމަށް ބުނެއެވެ. ނަަމަވެސް ޒީނާ ވަނީ އެ ތުހުމަަތުތައް ދޮގުކޮށް ވާހަކަ ދައްކާފައެވެ.

ކުރިން ވީޓީވީގެ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ޒީނާގެ މެންބަރު ކަމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ކުރީކޮޅެވެ.

ނަވާރަވަނަ މަޖިލިސް ފެށިއިރު ބްރޯޑްކޮމްގައި ތިއްބެވި ވަކިވަކި މެންބަރުންގެ މައްސަލަތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލާ ގިނަ މެންބަރުންތަކެއް ވަނީ މަގާމުން ވަކިކޮށްފައެވެ.