އެކްސިޑެންޓް

ނުރައްކާތެރި އެކްސިޑެންޓެއް، އެކެއްގެ ހާލު ސީރިއަސް

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގައިފި އެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެ މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗް ސަރަހައްދުގައި ހިނގި މި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެކްސިޑެންޓްވީ ސައިކަަލާއި ވޭނެއް ޖެހިއެވެ. މިރޭ އިރުއޮއްސުނު ވަގުތު ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ގައި ތިބި ދެ މީހުންނަށެވެ.

އެ ދެ މީހުންނަށް ސަރުކާރުގެ މައި ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެކެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ. އެއީ ދިވެހި އަންހެނެކެވެ.

މި އެކްސިޑެންޓް ހިނގިއިރު ސައިކަލް އަދި ވޭން ދުއްވަން ތިބި ދެ މީހުންގެ އަތުގައިވެސް ލައިސަންސް އޮވެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފަށާފައެވެ.