ހަބަރު

މަނީއެކްސްޖޭންޗްގެ ހުއްދަ ދިނުން ހުއްޓާލައިފި

މަނީ އެކްސްޗޭންޖު ކުރަން އިތުރު ތަންތަނަށް ލައިސަންސް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ ރާއްޖޭގެ އާބާދީ އާ އަޅާ ބަލާއިރު، ގިނަ އަދަދެއްގެ ވިޔަފާރި ތަކަކަށް ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ދޫކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރަން ހުއްދަ އިތުރު ފަރާތްތަކަށް ލައިސަންސް ދޫކުރުން މިއަދުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ މަނީ ޗޭންޖަރުންނާ ގުޅޭ ގަވައިދު އިސްލާހު ކުރުުމުގެ މަސައްކަތް އަންނަ ކަމަށެވެ.