ވިޔަފާރި

ރިޒް ކާލްޓަން ތިމާވެށީގެ ޕްރޮގްރާމަށް ނެޗުލިސްޓެއް ހޯދަނީ

Oct 17, 2020

ރިޒް ކާލްޓަން ގްރޫޕުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓުގެ ތިމާވެށީގެ ޕްރޮގްރާމް ހިންގައި ބެލެހެއްޓުމަށް، ނެޗުރަލިސްޓެއް ނުވަތަ ތިމާމެށީގެ އެމްބެސެޑަރެއް ހޯދަން އިއުލާނުކޮށްފި އެވެ.

ރިޒް ކާލްޓަން އިން ރާއްޖޭގައި ހުޅުވާ ފަރި މޯލްޑިވްސް ރިސޯޓުން ބުނި ގޮތުގައި ނެޗުރަލިސްޓުގެ މަގާމަށް ދެ ޖިންސުގެ މީހުންނަށް ވެސް ކުރިމަތިލެވިދާނެ ކަމަށެވެ.

މި މަގާމަށް އަންނަ މީހަކު އެ ރިސޯޓާއި ރިސޯޓުގެ ވަށައިގެންވާ ވެށީގެ މައުލޫމާތު އަންނަ ޓޫރިސްޓުންނަށްދީ ރިޒް ކާލްޓަން އިން ކުޑަ ކުދިންނަށް ހިންގާ "ރިޒް ކްލަބް މެންބާސް" ޕްރޮގްރާމުގެ ދަށުން ޔަންގް ޓްރެވަލާސްއަށް ޕްރޮގްރާމްތައް ހިންގަން ޖެހެ އެވެ. އެ ރިސޯޓުން ބުނި ގޮތުގައި މި ވަޒީފާގެ އިތުރުންވެސް އެހެނިގެން ގިނަ ފުރުސަތުތަކެއް އެ ރިސޯޓުގައި ހުޅުވާލާފައިވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) އިން ފުރައިގެން ސްޕީޓް ލޯންޗުގައި 50 މިނެޓުން ދެވޭ ރާސްތާގައި ހުޅުވާ ފަރި މޯލްޑިވްސްގައި 100 އޯވަ ވޯޓާ ވިލާ ހުރެ އެވެ. އަދި ތަފާތު ފަސް ރެސްޓޯރެންޓާއެކު ހުޅުވާ މި ރިސޯޓުގައި އެހެނިހެން ގިނަ ވަސީލަތްތައް ވެސް ވަނީ ތަރައްގީކޮށްފަ އެވެ. ރާއްޖޭގައި ފަރި މޯލްޑިވްސް ހުޅުވާ ރިޒް ކާލްޓަންއިން 30 ގައުމެއްގައި 101 ލަގްޒަރީ ހޮޓާ ހިންގަ އެވެ. މި ރިސޯޓު ހުޅުވާނީ އަންނަ އަހަރު އެވެ.