ހަބަރު

ބިދޭސީއަކަށް ހަމަލާ ދީ ޒަހަމް ކޮށްލައިފި

ށ. ފޯކަދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ފޯކައިދޫގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލީ ބިދޭސީއެއް ކަމަށެވެ. މި މައްސަލައާ ގުޅިގެން 43 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ބަންގްލަދޭޝްގެ މީހެކެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.