ވިޔަފާރި

ބިޑް ކޮމެޓީތަކަށް ސިޔާސީ މީހުން އައްޔަން ނުކުރަން ނިންމައިފި

Oct 21, 2020

ސަރުކާރު އޮފީސްތަކުގައި ގާއިމްކޮށްފައިވާ ބިޑް ކޮމެޓީ ތަކަށް ސިޔާސީ މީހުން އައްޔަން ނުކުރަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުން، އޮފީސްތަކުގައި ގާއިމްކުރާ ބިޑް ކޮމިޓީ ތަކަށް ސިޔާސީ ގޮތުން އައްޔަނުކުރެވޭ ބޭފުޅުންނާއި އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް އައްޔަނު ނުކުރެވޭނެ ކަމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ބިޑް ކޮމެޓީ ތަކަށް ސިޔާސީ މީހުން އައްޔަން ނުކުރަން ނިންމިއިރު، ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތައް ބިޑް ކުރުމުގައި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަވެފަ އެވެ. މި ފަދަ އެއް މައްސަލައެއްގެ ގޮތުގައި މި ފަހުން ފާހަގަ ވެގެން ދިޔައީ ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދޭން ބޭނުންވާ ވެންޓިލޭޓަރު ގަންނަން ބޭރުގެ ކުންފުންޏަކަށް ދިން މައްސަލަ އެވެ. މި މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެއިސްވެރިން ސަސްޕެންޑް ވެސް ކޮށްފައިވެ އެވެ.