މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް 340 ގައިދީން އެބަތިބި

Oct 21, 2020

ޖާގައަށްވުރެ އިތުރުވެ 340 ގައިދީއަކު ޖަލުގައި އެބަތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅު ވެއްޖެ އެވެ.

ރައްޔިތުން މަޖިލީހަށް ހާޒިރުކޮށް އިމްރާނަށް މިއަދު އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ތެރޭގައި ވިދާޅުވީ ޖަލުތަކުގެ ޖާގައަށްވުރެ 340 ގައިދީ އިތުރަށް ތިބި ކަމަށާއި އެއީ ޖާގައަށް ވުރެ 30 ޕަސެންޓް އިތުރުވުމެއް ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި ޖަލުތަކުގައި މިހާރު ވެސް 1700 އެއްހާ ގައިދީން އެބަތިއްބެވެ. އޭގެ ތެރެއިން ކަރެކްޝަން ސާވިސްގެ ދަށުގައި ވަނީ 1360 ޖާގަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ 10 ޕަސެންޓް މީހުނަށް ހުކުމް ކޮށްފި ނަމަ އިތުރަށް 400 އެއްހާ ގައިދީން ޖަލަށް ދާން ޖެހި، ގައިދީން ބަލަަހައްޓާނެ އިތުރު ގޮތެއް ހޯދަން ޖެހޭނެ ކަމަށެވެ.