އޮފްބީޓް

ކެމެރާއަށް ބަލައިގެން މަޝްހޫރުވި މީހެއް

އިންޓަނެޓަކީ ބައެއް ފަހަރަށް ވަރަށް ހެއްވާ ތަނެކެވެ. ބުއްދި ގަބޫލު ނުކުރެވޭ ޒާތުގެ ކަންކަން ކޮށްގެން ވެސް ބައެއް ފަހަރަށް މީހުން މަޝްހޫރުކަން ހޯދާ ތަނެކެވެ. އިންޓަނެޓުގައި މަޝްހޫރު ވަނީކީ ހަމައެކަނި ވަކި ހުނަރެއް ހުންނަ މީހުންނެއް ނޫނެވެ. އެއްވެސް ހުނަރެއް ނެތް މީހަކު ވެސް ހަމަ ކުއްލިއަކަށް އިންޓަނެޓު ސެންސޭޝަނަކަށް ވެދާނެ އެވެ. ވިއެޓްނާމްގެ މިމީހާ އަކީ މި ވާހަކައިގެ ވަރަށް ފުރިހަމަ މިސާލެކެވެ.

ވިއެޓްނާމްގެ މި މީހާ ކުރާހާ ވެސް ކަމަކީ ކޮންމެ ދުވަހަކު ކެމެރާއަށް ބަލަހައްޓައިގެން އިނދެ ވީޑިއޯ ކޮށްފައި އިންޓަނެޓަށް ލުމެވެ. އެ މީހާ ލާ ވީޑިއޯ ތަކުގައި އަބަދުވެސް ވިއެޓްނާމްގެ ލަވަތައް ބެކްގްރައުންޑުން އިވޭނެ އެވެ. ޓިކްޓޮކްގައި މި މީހާ ޝެއާ ކުރާ ވީޑިއޯތައް ވައިރަލްވެ ވަރަށް ގިނަ ބަޔަކަށް މިމީހާ އަކީ މިހާރު ވަރަށް މަގްބޫލު މީހަކަށް ވަނީ ވެފަ އެވެ.

އަންހް ޓްރަން ޓަން ނަމަކަށް ކިޔާ މި މީހާގެ ކޮންމެ ވީޑިއޯއަކަށް މިހާޜު އެއް މިލިއަން ވިއުޒް ލިބެ އެވެ. މި ވީޑިއޯތަކުން ފެންނާނީ ހަމަ އެންމެ އެއްޗެކެވެ. އެމީހާ ހުއްޓާނުލާ ކެމެރާއަށް ބަލަން އިންދަ އެވެ. އޭނާގެ މޫނުގައި އެއްވެސް އެކްޕްރެޝަނެއް ވެސް ނުހުރެ އެވެ. ހަމަ ބަލަން އިންނަނީ އެވެ.

މިހާތަނަށް އޭނާގެ ވީޑިއޯތަކަށް 20.8 މިލިއަން ވިއުޒް ލިބިފައި ވެއެވެ. ހަމަ ގައިމުވެސް މީގެން ދޭހަވަނީ ހަމަ އެންމެ ކަމެކެވެ. މިފަދަ ވީޑިއޯތައް ބަލާނެ ހުސް ވަގުތު ލިބޭ މީހުން ގިނަ ކަމެވެ. އެހެން ނޫންނަމަ އެއްވެސް ކަހަލަ އެކްސްޕްރެޝަނެއް ނެތް މީހެއް ކެމެރާއާ ދިމާލަށް ބަލަހައްޓައިގެން އިންނަ ވީޑިއޯ އެއް ބަލާނީ ބުއްދި ހަމަ ނުޖެހޭ މީހުންނެވެ.

ޓިކްޓޮކްގައި ޓެން ފޮލޯކުރާ މީހުންގެ އަދަދު މިހާޜު ފަސް ލައްކަ އަށް އަރައިފި އެވެ. އަދި 78 ލައްކަ އަށް ވުރެ ގިނަ ލައިކްސް އޭނާގެ ވީޑިއޯތަކަށް ލިބިފައި ވެއެވެ.