ވިޔަފާރި

ރާއްޖޭން ސީޕްލޭނެއް ގަނެ، އިންޑިއާއިން ހިދުމަތް ފުޅާ ކުރަނީ

Oct 25, 2020

ރާއްޖޭން ސީޕްލޭން ގަނެގެން އިންޑިއާގައި ސީޕްލޭން ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް އެ ގައުމުން ފަށައިފި އެވެ.

އިންޑިއާގެ ޔޫނިއަން މިނިސްޓަރު މަންސޫހު މަންޑަވިއާ އާ ހަވާލާދީ، އެ ގައުމުގެ ބައެއް ނޫސް ތަކުން ބުނެފައިވާ ގޮތުން ރާއްޖޭގެ ސީޕްލޭން ކުންފުންޏެއްގެ ބޯޓެއް ގަނެގެން ހިދުމަތް ފަށަން މަސައްކަތް ކުރަމުން ދަނީ އެ ގައުމުގެ ސްޕައިސް ޖެޓް ކުންފުނިންނެވެ. ނަމަވެސް، އެ ގައުމުން ގަނެފައިވަނީ ރާއްޖޭގެ ކޮން އެއާލައިނެއްގެ ބޯޓެއް ކަމެއް ނުބުނެ އެވެ.

ސްޕައިސް ޖެޓުން ދަނީ އިންޑިއާގެ ފުރަތަމަ ސީޕްލޭންގެ ހިދުމަތް ފުޅާ ކުރަން މަސައްކަތް ކުރަމުންނެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވައުދެކެވެ. ބޮޑު ވަޒީރު މޯދީ ވަނީ މި ހިދުމަތް އިފުތިތާހު ކޮށްދެއްވާފަ އެވެ. އެ ގައުމުގެ ނޫސްތަކުގައިވާ ގޮތުން އަހުމަދު އާބާދުގައި ހަދާފައިވާ ސީޕްލޭން ބޭސްގެ ހިދުމަތް މި މަހުގެ 31 ގައި ރަސްމީކޮށް ފަށާނެ އެވެ.

ރާއްޖޭގައި ތިން ކުންފުންޏަކުން ސީޕްލޭންގެ ހިދުމަތް ދެ އެވެ. އެއީ ޓީއެމްއޭ އާއި މޯލްޑިވިއަންގެ އިތުރުން މަންޓާ އެއާ އެވެ.