ހަބަރު

ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް ތޮއްޑޫގައި

އއ. ތޮއްޑޫގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ އެ ސެންޓަރަކީ އަތޮޅުތަކުގެ ތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާ ކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ހުޅުވި ސެންޓަރެއް ކަމަށެވެ.

އެ ސެންޓަރުން ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާ ކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

އއ. އަތޮޅުގައި ތޮއްޑޫގެ އިތުރުން ރަސްދޫގައި އޭޓީއެމް އަދި ބޭންކްގެ ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެ އެވެ. ދާދި ފަހުން ބީއެމްއެލް އިން ވަނީ ނ. ކެނދިކުޅުދޫ އަދި ތ. ތިމަރަފުށީގައި ވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފަ އެވެ.