ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވަކިކުރަން ނިންމާފައިވާ އެ ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ބްރޯޑްކޮމްގެ މެމްބަރު ޒީނާ އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓަން އަހަން އޮއްވަ އެވެ. ޒީނާ އެ ކޮމިޝަނުން ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސް ކުރުމަށް އޮތެވެ.
އޭނާ މަގާމުން ވަކިކުރަން ނިންމާފައި އޮތީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ގާނޫނީ ވާޖިބު އަދާ ނުކުރެއްވުމާއި މީޑިއާތަކާ މެދު ތަފާތުކޮށް، ފިޔަވަޅު އެޅުމުގެ މައްސަލައިގަ އެވެ.
ޒީނާ އިސްތިއުފާ ދެއްވި އިރު އޭނާގެ މަގާމުގެ ދައުރު ހަމަވާން ބާކީ އޮތީ ފަސް މަހެވެ.