ދުނިޔެ

ގުރީސް އާއި ތުރުކީއަށް ބާރުގަދަ ބިން ހެއްލުމެއް

ޔޫރަޕްގެ ތުރުކީ އާއި ގްރީސްއަށް އައި ބާރު ގަދަ ބިންހެލުމާއެކު ބައެއް މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވުމާއެކު ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއާ ހަވާލާދޫ ރިޕޯޓްތައް ބުނާ ގޮތުގައި ބިންހެލުން އައީ ތުރުކީ އާއި ގްރީސް އާއި ދެމެދުގައި އޮންނަ އޭގަން ސީ އަށެވެ. އަދި ބިން ހެލުން އައިސްފައި ވަނީ 7.0 މެގެނެޓިއުޑްގަ އެވެ. ތުރުކީގެ އައްސޭރިން 17 ކިލޯމީޓަރު ދުރު ސަރަޙައްދަކަށް އައި މި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 16 ކިލޯމީޓަރު އަޑިއަށް ކަމަށް ވެސް މީޑިއާ ރިޕޯޓަކާ ހަވާލާދީ އަލްޖަޒީރާގައި ވެއެވެ.

ތްރުކީގައި އެންމެ ބޮޑު ގެއްލުމެއްވީ އިޒްމީރަށެވެ. ގާތްގަނޑަކަށް 4.5 މިލިއަން މީހުން ދިރިއުޅޭ އިޒްމީރުގެ މޭޔަރު ޓުންކް ސޮޔާ އާއި އެ ގައުމުގެ ހެލްތު މިނިސްޓަރު ފަހުރުއްދީން ކޯކާއާ ހަވާލާދީ މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހަތަރު މީހަކު މަރުވެ، 120 އަށްވުރެ ގިނަ މީހުން ޒަހަމް ވެފައިވާއިރު ވިއްސަށްވުރެ ގިނަ އިމާރާތް ބިމާއި ހަމަވެފައިވެ އެ އިމާރާތްތަކުގައި ގިނަ ބަޔަކު ތާށިވެފައިވެ އެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތުރުކީގެ ޑިޒާސްޓާ އެންޑް އިމާޖެންސީ މެނޭޖްމެންޓް ޕްރެޒިޑެންސީން ބުނީ މި ބެންހެލުމާ ގުޅިގެން ކޮންވެސް މިންވަރެއްގެ ސުނާމީއެއް އުފެދިފައިވާ ކަމަށާއި އޭގެ ސަބަބުން މަގުތަކަށް ފެންގަނޑު ދެމިގަނި ކޯރު ހެދި ގެއްލުންތައް ވަމުން ދާ ކަމަށެވެ.

ކުޑަ ސުނާމީއެއްގެ އަސަރު ދެ ގައުމަށް ވެސް ކޮށްފައިވާއިރު ގެއްލުންތަކަށް ފަހު ތުރުކީ އާއި ގްރީސްއިން ގުޅިގެން މިހާރު ވަނީ ގެއްލުންތައް ކުޑަ ކުރުމަށައި މީހުން ސަލާމަތްކޮށް ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާން ފަށާފަ އެވެ. ގްރީކުން އެންމެ ބޮޑު ގެއްލުން ވެފައި ވަނީ ބިން ހެލުން އައި ސަރަހައްދުގައިވާ ރަށެއް ކަމަށްވާ ސަމޯސް އަށެވެ.