އިމިގްރޭޝަން

ފުރައިގެން ގޮސްފައިވާ ބިދޭސިންނަށް ވިސާ ފީ ދެއްކޭނެ ގޮތް ހަދައިފި

Oct 30, 2020

ވީކް ވިސާ ލިބިގެން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށްފަހު، އެކިއެކި ސަބަބުތައް މެދުވެރިވެ ރާއްޖެއިން ފުރާފައިވާ ބިދޭސީންގެ ތެރެއިން ވިސާ ފީގެ މުއްދަތު ހަމަވެ، އޮންލައިންކޮށް ފީ ދެއްކެން ނެތުމުގެ ސަބަބުން ވީޒާ ކެންސަލްނުކުރެވިވާ މީހުންގެ ވިސާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނީ ވިސާ ފީ ދެއްކެމަށް އެދޭ ބިދޭސީން "މިސަލޭނިއަސް ވާކް ވިސާ ފީ ފޯމު" ފުރިހަމަ ކުރުމަށްފަހު، [email protected] އަށް މެއިލް ކުރުމަށް އެދޭ ކަމަަށެވެ. އަދި ރަސްމީ މަސައްކަތު ހަތް ދުވަސްތެރޭ ފީ ދެއްކުމަށް ބޭނުންވާ މައުލޫމާތު އެކްސްޕެޓް އޮންލައިން ސިސްޓަމަށް ލެވޭނެ ކަމަށެވެ. ފީ ދެއްކުމަށް ބޭނުންވާ މީހާގެ ރެކޯޑް ސިލެކްޓް ކުރުމުން ވިސާ ފީގެ ގޮތުގައި ދައްކަވަންޖެހޭ އަދަދު ފެންނާނެއެވެ.

"މިސަލޭނިއަސް ވާކް ވިސާ ފީ ފޯމު" ހުށަހަޅަން ޖެހެނީ ވާކް ވިސާ ފީ ދެއްކުމަށްފަހު ވީޒާ ކެންސަލްކުރަން އެދޭ މީހުންނެވެ. އަދި އަޕްޑޭޓް ކުރެވިފައިވާ ރެކޯޑަށް އޮންލައިންކޮށް ފީ ދެއްކުމަށް ދެވިފައިވާ މުއްދަތު ކަމަށްވާ 90 ދުވަސް ހަމަވުމުގެ ކުރިން ފީ ދެއްކުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.