ހަބަރު

ހައިވޭގައި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ، ބްރިޖު ހައިވޭގައި މަޑުކޮށްގެން އޮތް ކްރޭން ލޮރީ އެއްގެ ފަހަތުގައި ސައިކަލެއް ގޮސް ޖެހިގެން އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި އަނިޔާވީ، 25 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާގެ އަތުގެ ބައެއްގެ ޒަހަމް ވެފައި ވެއެވެ. އެ މީހާއަށް މިހާރު ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައިި ފަރުވާދެމުންނެވެ.

މިއަދު 13:30 އެހާކަންހާއިރު ހިނގި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ތަހުގީގެއް ފަށާފައެވެ.