ވިޔަފާރި

ފާމަސީ އެމްވީގެ ވެބްސައިޓް ލޯންޗް ކޮށްފި

Nov 2, 2020
1

ލައިފް ސަޕޯޓުގެ އޮފިޝަލް ޕާޓްނަރުގެ ގޮތުގައި، މެޑިކަލް ސާމާނު ވިއްކަން ހާއްސަކޮށް ފާމަސީ އެމްވީގެ ނަމުގައި ވެބްސައިޓެއް ލޯންޗް ކޮށްފި އެވެ.

ފާމަސީ އެމްވީ އަކީ އެއް ތަނަކުން ގިނަ ވައްތަރުގެ ބޭހާއި ސިއްހީ ކަންކަމަށް ބޭނުންވާ އިކުއިޕްމަންޓާއި ހިދުމަތް ލިބިގެން ދާނެ ރާއްޖޭގެ ފުރަތަމަ މި ފަދަ ޕްލެޓްފޯމެވެ. ފާމަސީ އެމްވީގައި ލައިފް ސަޕޯޓް އިން މި ވަގުތު ލިބިވަޑައިންނަވާ ކޮސްމެޓިކްސް، ބޮޑީކެއާ މައިންނާއި ކުޑަކުދިންނަށް ހާއްސަ ގިނަ ވައްތަރުތަކުގެ ޕްރޮޑަކްޓްތަކާއި ލައިފް ސަޕޯޓުގެ ފާމަސީ ތަކުން ވިއްކަމުންދާ ހުރިހާ ބާވަތެއްގެ ބޭހެއް ވެސް ލިބޭނެ އެެވެ.

ފާމަސީ އެމްވީގެ ވެބްސައިޓްގެ އިތުރުން މޯބައިލް އެޕްލިކޭޝަން ވެސް ލިބޭނެ އެވެ. މި އެޕްލިކޭޝަން އެޕް ސްޓޯ އިން އަދި ގޫގަލް ޕްލޭ ސްޓޯ އިން ޑައުންލޯޑު ކުރެވޭނެ އެވެ. މި ހިދުމަތް ލޯންޗު ކުރެވުމާއެކު ފުރަތަމަ ދިހަ ދުވަހު ބޭސް ސިޓި އަށް ނަގާ ބޭހުގެ ބާވަތްތަށް ފިޔަވައި އެހެން ހުރިހާ ޕްރޮޑަކްޓަކުން 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.

ފާމަސީ އެމްވީގައި ބޭހާއި ސިއްހީ ކަންކަމަށް ބޭނުންކުރެވޭ ގިނަ ބާވަތްތަކުގެ އިތުރުން ބޮޑީކެއާ އަދި ބިއުޓީ އާއި ޕާސަނަލް ކެއާ އަދި ޕެއިން ރިލީފްގެ އިތުރުން ޑައިބަޓިސް ކެއާގެ ނިއުޓްރިޝަން ސަޕްލިމެންޓް އަދި ބަރުދަން މެނޭޖްކުރުމަށް ބޭނުން ކުރާ ޕްރޮޑަކްޓް އަދި މައިންނަށާއި ތުއްތު ކުދިންނަށް ބޭނުންވާ ސާމާނާއި އަންހެން އަދި ފިރިހެން ބޭފުޅުން ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު ގިނަ ޕްރޮޑަކްޓްތައް "ފާމަސީ އެމްވީ" އިން ލިބެން ހުންނާނެ އެވެ.

މި ސައިޓުން ގަންނަ ހުރިހާ ޕްރޮޑަކްޓެއް ވެސް ގެ އަށް ޑެލިވަ ކޮށްދެވޭނެ އެވެ.

ފާމަސީ އެމްވީ ގެ މަގްސަދަކީ ފަސޭހަކަމާއި ސިއްހީ ގޮތުން ހިދުމަތްތައް ބޭނުން ވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމެވެ. ޕާމަސީ އެމްވީ އިން އެޕޮއިންޓްމަންޓް ހައްދަވައިގެން ގޭގެ އަށް ގޮސް ބަލި މީހުންގެ ސާމްޕަލް ކަލެކްޝަން ބްލަޑް ޝުގާ ޗެކްކޮށްދިނުމާއި ނެބިއުލައިޒް ކުރުމާއި ޓިއުބް ފީޑިން އަދި އިންޖެކްޝަން ޖަހައިދިނުމުގެ ހިދުމަތުގެ އިތުރުން ވެސް ވަރަށް ގިނަ ހިދުމަތް ތަކެއް ލިބެން ހުންނާނެ އެވެ.

ފާމަސީއެވްވީ ވެބްސައިޓަށް ބޭސް ސިޓީ އަޕްލޯޑުކޮށްލައިގެން ފަސޭހަކަމާއެކު ބޭސް ނެގުމާއި އޮކްސިޖަން ކޮންސަންޓްރޭޓާ ނުވަތަ ފުރޮޅުލީ ގޮނޑި ފަދަ މެޑިކަލް އިކުއިޕްމަންޓް ކުއްޔަށް ނެގުމާއި އެ ފަދަ ތަކެތި ބައްލަވައި ގަންނަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުސަތު ވެސް ލިބިގެން ދާނެ އެވެ.