މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ. މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ބްރޯޑްކޮމްގެ މެންބަރު ކަަމަށް ހުޅުވާލީ އެ ކޮމިޝަންގެ މެންބަރު ޒީނާ ޒާހިރު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޒީނާ އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަން އަހަން އޮއްވަ އެވެ.