ވިޔަފާރި

އެލްބިއަން ސްޓޯރުގެ އިތުރު ފިހާރައެއް ހުޅުވައިފި

ހާޑްވެއާގެ ބާވަަތްތައް ވިއްކާ އެލްބިއަން ސްޓޯރުގެ އިތުރު ފިހާރައެއް މާލޭގައި ހުޅުވައިފި އެެވެ.

އެލްބިއަންގެ ދެވަނަ ފިހާރަ މިއަދު ހުޅުވީ ހެންވޭރު ޖަނަވަރީ މަގުގަ އެވެ.

ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ފިހާރައިގެ ސީއީއޯ، މުހައްމަދު އަޝްފާގު ވިދާޅުވީ ޖަނަވަރީ މަގުގައި ފިހާރައެއް ހުޅުވައި ހިދުމަތް ދޭން ފެށީ ގިނަ ކަސްޓަމަރުންގެ އެދުމަށެވެ. އަދި، އެލްބިއަން ސްޓޯރުގެ ގިނަ ފިހާރަތަކެއް ކުރިއަށް އޮތްތަނުގައި ހުޅުވަން ނިންމާފައިވާ ކަމަށެވެ.

މި ފިހާރަ ހުޅުވުމާ ގުޅިގެން ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ. އެގޮތުން، 500 ރުފިޔާ އިން މަތީގެ ވިޔަފާރިތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދެ އެވެ. މި ޕްރޮމޯޝަން ހަފުތާއަކަށް ކުރިއަށް ގެންދާނެ އެވެ.

އެލްބިއަން ސްޓޯރުގެ މި އައުޓްލެޓުގައި، ހާޑްވެއާ ސާމާނާއި، ފްލޯރިން އަދި ފްލައިވުޑާއި ސެނިޓަރީ ވެއަގެ ސާމާނު ލިބެން ހުރެ އެވެ. އަދި ޓައިލް ކެފުމާއި މަރާމާތުކުރުމާއި ކާޕެންޓްރީގެ ހިދުމަތްތައް ވެސް ދެ އެވެ.