ހަބަރު

އޭޖެންޓުން މެދުވެރިކޮށް ހިލޭ ފައިސާ ނެގޭގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސްގެ ކޭޝް އެޖެންޓުން މެދުވެރިކޮށް ހިލޭ ފައިސާ ނެގޭ ގޮތް ހަމަޖައްސައިފި އެވެ.

ބެންކުން ބުނީ މިއަދު ގެނައި މި ބަދަލާއެކު ކޭޝް އެޖެންޓުން މެދުވެރިކޮށް ޑެބިޓް ކާޑުން ދުވާލަކު 2000 ރުފިޔާ ނެގޭނެ ކަމަށެވެ. ކުރިން މި ކަމަށް ފީ އެއްގެ ގޮތުގައި އައީ 10 ރުފިޔާ ނަގަ އެވެ. ބެންކުން ބުނީ، އެކައުންޓުން ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާ ކުރުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ. ބެންކުގެ 40 ކޭޝް އެޖެންޓުން ތިބެ އެވެ.

ބެންކުގެ ސީއީއޯ އަދި ޓިމް ސޯޔާ ވިދާޅުވީ ފީ ނެގުން ހުއްޓާލީ ކަސްޓަމަރުންނަށް އަގުހުރި ހިދުމަތެއް ފޯރު ކޮށްދިނުމަށެވެ.

ބޭންކިން ހިދުމަތް ފުޅާކުރުމަށްޓަކައި ބޭންކުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. މިއީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިން ހިދުމަތް ދިނުމަށް ތައާރަފްކުރި ހިދުމަތެކެވެ. ބެންކުގެ 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ފައިސާ ނެގުމުގެ ހިދުމަތް ދަނީ ފޯރޮކޮށްދެމުންނެވެ.