ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް ބަލީގައި މަރުވި އަދަދު 41 އަށް

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި އިތުރު މީހަކު މަރުވެއްޖެ އެވެ.

މިއީ ރާއްޖެއިން މި ބަލީގައި މަރުވި 41 ވަނަ މީހާ އެވެ. މިއަދު މަރުވެފައިވަނީ ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ 48 އަހަރުގެ ދިވެހި އަންހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެންމީހާ އަކީ ދެ ކިޑްނީ ފެއިލްވެ އެކަމަށްވެސް ބޭސްކުރަމުންދިޔަ މީހެކެވެ.

ކޮވިޑް-19ގައި އެންމެ ފަހުން މަރުވެފައިވަނީ މަރުވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ބަންގްލަދޭޝް ފިރިހެނެކެވެ.

ރާޢްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 12،000 އިން މައްޗަށް ވަނީ ގޮސްފަ އެވެ.