ހަބަރު

އެލައިޑުން އިންޝުރަންސް އާ ގުޅޭ ވެބިނާ ސީރީޒް އެއް

Nov 10, 2020

އިންޝުރަންސް އާ ގުޅޭ އެކި މައުލޫމާތު ދިނުމަށް އެލައިޑުން ވެބިނާ އެއް ބާއްވަން ނިންމައިފި އެވެ.

ވާޗުއަަލްކޮށް ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި އެލައިޑުން ބުނީ އަންނަ ހަފްތާގައި ފަށާ މި ސީރިސްގައި އަށް ވެބިނާ ކުރިއަށްގެންދާނެ ކަމަށެވެ. ކޮންމެ ވެބިނާ އެއް ކުރިއަށްގެންދަަނީ 30މިނެޓަށެވެ. އެލައިޑުން ބުނީ އެ ކުންފުނިން އާއްމުން ހޭލުންތެރި ކުރަަން ކުރިއަށްގެންދާ މި ހަރަކާތް ދެ މަސް ދުވަހަށް ދެމިގެންދާނެ ކަމަށެވެ.

ވެބިނާ ބާއްވާ އެކި މައުލޫތަަކަކީ؛

  • އިންބައުންޑް އިންޝުއަރެންސް (ކޮވިޑް އިންޝުއަރެންސް)
  • ފަޔާ އިންޝުއަރެންސް
  • އޮންލައިން ހިދުމަތްތައް
  • ޗައިލްޑް އެޑިއުކޭޝަން އިންޝުއަރެންސް
  • އިންބައުންޑް ޑިޑަކްޓަބަލްސް
  • މޮޓޯ އިންޝުއަރެންސް
  • މެރިން އިންޝުއަރެންސް
  • ހެލްތު އިންޝުއަރެންސް

އެލައިޑުން ބުނި ގޮތުގައި، ކޮންމެ ވެބިނާއެއް ވެސް އެކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލައިވްކުރާ އިރު އޭގައި ބައިވެރިވާ މީހުންނަށް ސުވާލު ކުރުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.