ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކުދި ވިޔަފާރިތަކަށް ކޮވިޑް ރިލީފް ލޯނެއް ތައާރަފްކޮށްފި

ކޮވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ތައާރަފުކޮށްފި އެވެ.

ބެންކުން މިއަދު ބުނީ މި ލޯނަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ(އީއައިބީ) ފަންޑުގެ ދަށުން ދޫކުރެވޭ ފައިނޭންސްއެއް ކަމަށެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ އަސަރާ ގުޅިގެން އީއައިބީ އިން ފިނޭންސް މިނިސްޓްރީ އަދި ބެންކާއެކު މިދިޔަ ޖޫންމަހު ސޮއި ކުރި 20 މިލިއަން ޔޫރޯގެ ލޯން އެގްރީމަންޓެވެ.

ބެންކުން ބުނީ އީއައިބީ ކޮވިޑް ރިލީފް ލޯނަށް އެދި ހުށަހެޅޭނީ 3،000 އަށްވުރެ މަދުން މުވައްޒަފުން ވަޒީފާއަދާ ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ. އަދި 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މިހާރު ލިބެންހުރި ލޯނުތަކަށްވުރެ މި ލޯނުގެ އިންޓަރެސްޓް ރޭޓު ކުޑަވެ ލޯނު ދައްކަން ދިގު މުއްދަތެއް ލިބޭނެ ކަމަށް ބުންޏެވެ. މިއީ އެކްސްޓާނަލް ލެންޑިން މެންޑޭޓް (އީއެލްއެމް)ގެ ދަށުން ދޫކޮށްފައިވާ ލޯނަކަށްވުމުން ޔޫރަޕިއަން ޔޫނިއަންގެ ކޮންޕްރެހެންސިވް ގެރެންޓީގެ ދަށުން ހާއްސަ ލުއިތަކެއްވެސް ލިބޭނެ ކަމަށް ބެންކުން ބުނެ އެވެ.

މި ލޯނަށް އެދި ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓްގައި ޝާއިއުކުރާނެ އެވެ.