ހަބަރު

ހަމަލާ ދެވުނީ ރައީސަށް ރައްކާތެރިކަން ނުދެވި، ފިޔަވަޅު ވެސް ނޭޅިގެން: މޫސަ

Oct 18, 2015

ރައީސްލްޖުމްޖުމްހޫރިއްޔާ އިންނެވި ރިޔާސި ލޯންޗުކޮޅު "ފިނިފެންމާ" ގައި ދީފައި ވަނީ ހަމަަލާއެއް ކަމަށާއި އެހިސާބަށް އައީ ސެކިއުރިޓީ ލުއިވަމުން ގޮސް ދޫކޮށްލެވި ހިންގާފައި ހުރި ކަންކަންކަމަށް ފިޔަވަޅު ނޭޅިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

"ސަން" ޓީވީގައި މިރޭ ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ފިނިފެންމާ ލޯންޗް ކޮޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ހަމަލާއެއް ދޭ ހިސާބަށް ދިޔައީ ރާއްޖޭގައި އެފަދަށް ވަރަށް ގިނަ ހާދިސާތައް ހިނގައި ދިއުމަށްފަހު "ވަޅި އަޅަމުން ވަޅި އަޅަމުން ގޮސް" އެތައް ދުވަހެއްވުމަށްފަހު ކަމަށެވެ.

"އެފަދަ އެތައް ކަމެއް ހިނގަމުން އައިސް ރިޔާސީ ލޯންޗާ ހަމައަށް މިއައީ އެހެންވީމާ މިއީ ހަމަލާއެއް ނޫން ގޮތަކަށް ހިނގަފައި އޮތް ކަމެއް ނޫން މިއީއަކީ" މޫސަ މިރޭ ވިދާޅުވި އެވެ. "މިފަދަ ލޯންޗްތަކަކީ ވަރަށް ރައްކާތެރިކޮށް ހަދާފައި ހުންނަ އެއްޗެހި އޭގެ އިތުރަށް ރައީސް ދަތުރު ކުރައްވާ ލޯންޗް ކޮޅަކީ އެންމެ ބޮޑަށް ސަލާމާތާއި ރާއްކާތެރިކަން ކަށަވަރު ކުރެވިފައި ހުންނަންޖެހޭ އެއްޗެހި. އެއީ ރައީސް ޔާމީން ވީމައެއް ނޫން އެއީ ގާނޫނު އަސާސީ އާއި ގާނޫނުން ކަނޑައަޅާފައި އޮތް ގޮތް ރައްޔިތުން ހޮވި ވެރި މީހާ ހުންނަވާ ލޯންޗަށްވީމަ ... އަޅުގަނޑަށް ފެންނަ ފެނުމަށް އެއީ ގޮއްވާލި ގޮއްވާލުމެއް އެއީ ހަމަލާއެއް."

މޫސަ ވިދާޅުވީ ކަމެއް ނުވަތަ ހާލަތެއް މެދުވެރިވުމުން ޒިންމާ ނަގަން ޖެހޭ ބަޔަކު ތިބޭނެ ކަމަށާއި އެމީހުން ގާނޫނުގައި ލިޔެފައި ހުންނާނެ ކަމަށާއި މިހާރު ކަންކަން މިހުރި ގޮތުން ސިފައިންގެ ގާނޫނަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

"ކުރީގައި ރައީސްގެ މޮޓޯކޭޑްވެސް ވަރަށް ވަރަށް ވަރުގަދަ ކޮށްފައި އޮންނަނީ ރައީސް ލޯންޗާއެކު އިތުރު ލޯންޗެއް އަންނާނެ، އެމްބިއުލާންސް އަނާނެ. އެކަމަކު ފަހަކައިށް އައިސް ލުއިކޮށްލި ކޮށްލީނުން ގޮސް އެއްވެސް އެއްޗެއް ނުވެސް އުޅެނީ. އަޅުގަނޑު އެކުގައި އުުޅުނ ރައީސް [ރައީސް މުހައްމަދު ނަޝީދު] އެއީ މަގުމަތީގައި ހިނގަވާފައި އުޅުއްވި ރައީސެއް އެހާވަރަށް ރައީސެއްގެ ސެކިއުރިޓީ ލުއިވީމާ އެކަންކަމުގައި ތިބި މީހުން ވެސް އެގޮތަށް ހޭނިފައި މިއޮތީ... މިސާލަކަށް ގޮވީޔޯ ނޫނީ ގޮއްވާލިޔޯ، ކިހނެއްތޯ އެނގެނީ ފަހަތުން ދެވަނަ އެތި ނުގޮވާނެ ކަމެއް! ކާކަށް އެނގެނީ! އެ ދުވަހު ކާކު ރައީސް ގޮވައިގެން މޫދަށް ފުންމާލީ ކާކު އެހެން ލޯންޗަކަށް ބަދަލުވާން އުުޅުނީ ގާނޫނު ބުނާ ގޮތަށް ރައީސް ހިމާޔަތް ކުރަން އުޅުނީ ކާކު؟"

މުސާ ވިދާޅުވ ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދުކޮށްފައި ރައީސް ބަލަހައްޓަން ޑިފެންސް ފޯސްއާ ހަވާލުކޮށްފައި އޮންނާނެ ކަމަށާއި މިވަރުގެ ކަމެއް ހިނގައިދާއިރު އިހުމާލުވާ ބަޔަކު ތިބޭނެ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ މުޅި ޑިފެންސްފޯސް އިން ރާވައިގެން ކުރި ކަމެކޭ ބުނުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ޑީފެންްފެސް އިން ރާވައިގެން ހިނގި ކަމެއްކޭ އެއް ނޫން މި ދެންނެވީ... އެންމެ ފަހުން ފާސް ކުރި ބަޖެޓްގައި ވެސް އޮންނާނީ ފައިސާ ހިމަނާފައި. އަދި ގާނޫނުގައި އެ ބާރުތައް ދީފައި އޮންނާނީ ވަރަށް ބޮޑު އިތުބާރަކާއެކު އެންމެ ރަނގަަޅަށް ރައީސް ހިމާޔާތްކޮށް ސަލާމަތް ކޮށްދޭން ލާޒިމްކޮށްފައި އޮންނާނީ. އެކަމަކު ކަންކަން ލުއި ކުރަމުން ކުރަމުން ދިޔައިމަ ނުކުތް ނަތީޖާ މިއީ ... މީގައި އިހުމާލު ކަނޑައަޅާނީ ތަހުގީގުން" މޫސަ ވިދާޅުވި އެވެ. "މިދައްކަނީ ރައީސެއްގެ ވާހަކަ މިއީ ގާނޫނު އަސާސީގައި އޮތް އެންމެ ބޮޑު އެންމެ އިހުތިރާމް ކުރަންޖެހޭ ބާރުވެރި މަގާމު. އެތާ ހުންނަ ވަނީ ރައީސް ޔާމީން ކަމަށްވިޔަސް ކޮންމެ މީހަކަށްވިޔަސް އެމީހާ ހުންނަ ލޯންޗްކޮޅެއް ގޮވުމަކީ އާދައިގެ ކަމެއް ނޫން އެއީ ޖޯކެއް ނޫން. އެއީ ސީރިއަސްކަމުގެ އެންމެ މަތި،"

މޫސަ ވިދާޅުވީ އޭނާ ގަބޫލުފުޅު ކުރައްވާ ގޮތުގައި ފިނިފެންމާގެ ހަމަލާއަކީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމާތާ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ފަރުވާ ކުޑަވެ، ކުރިންސުރެ އެހެން ހިނގާފައި ހުރި ކަންކަމަށް ފިޔަވަޅު ނޭޅިގެން ގޮސް ނުކުތް ނަތީޖާއެއް ކަމަށާއި އެފަދަ ހާދިސާތަކުގައި ފެބުރުއަރީ 7 ވެސް ހިމެނޭ ކަމަށާއ އެ ދުވަހު ހުންނެވި ރައީސަށް ވެސް ރައްކާތެރި ކަމެއް ނުދެވުނު ކަމަށެވެ.

"ވަރަށް ފަހުން މި އެނެގުނީ ޓީވީން މި ލޯންޗުކޮޅުގެ އިންޖީނަށް ހަކުރު އެޅިކަން ވެސް މި ހާދިސާއަށްފަހު ސަރުކާރުގެ ވެރިޔަކު ވިދާޅުވީ. މިކަން އެންމެ ކުޑަމިނުން މަޖިލީހަށް ވެސް ނޭނގޭ. މަޖިލީޙުގެ 241 ކޮމެޓީގައި ބަލާފައެއްވެސް ނެތް. ކީއްވެގެންތޯ ސިއްރުވެފައި އޮތީ؟ ކީއްވެ ތޯ ފިޔަވަޅު ނޭޅުނީ؟ އެކަމަކު ހަކުުރު އެޅި މައްސަލަ މި އނެގުނީ އިއްޔެ! ސެކިއުރިޓީ ފިޔަވަޅު އަޅާނީ ރައީސެއް ނޫން ގާނޫނުން ވަކި ބަޔަކާ އެކަން ހަވާލުކޮށްފައި އޮންނާނެ އެހެންވީމާ މި ހަކުރު ކަންތައް ވެސް ރަނގަޅަށް ތަހުގީގުކޮށް ޒިންމާވާ ފަރާތަށް ފިޔަވަޅު އަޅާފައި އޮތްނަމަ މިހެން ނުވާނެ އިރުއިރުކޮޅާ ރައީސް ޔާމީނަށް އިންޒާދީ ވީޑިއޯތައް ނެރެނީ . ހަމަ ނެރޭއިރަށް ކަންކަން އިތުރަށް ލުއި ކުރަނީ މިހެން ލުއިވަމުން ލުއިވަމުން ގޮސް، ފިޔަވަޅު ނޭޅެމުން ނޭޅެމުން ގޮސް މި ހިތާމަވެރި ލާއިންސާނީ އަމަލާއާ ހަމައަށް އައީ، މީގެ ދެރަ އޮތީ ރައީސަށް އެކަންޏެއް ނޫން. މިތަނަށް ކިހނެއްތޯ ޓޫރިސްޓަކަށް ވެސް އާދެވޭނީ އެއީ މިއީ ރައީސް އިންނަވާ ލޯންޗް ވެސް ގޮއްވާ ތަނެއް،"