ހަބަރު

އެކްސިޑެއްޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

ލ. އަތޮޅު ގުޅިފައިވާ ބޮޑު މަގު، ލާމްލިންކްގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ގަމު، މުކުރިމަގު އަވަށަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މީހަކަށެވެ.

އެ މީހާ އަށް އެންމެ ފުރަތަމ ފަރުވާދީފައި ވަނީ ގަމުގެ ރީޖަނަލް ހޮސްޕިޓަލުގަ އެވެ. އޭގެ ފަހުން އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް އޭނާ މަރުވީ ރޭގެ ވަގުތެއްގަ އެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ބިނދި ގޮސް ބޮޑެތި އަނިޔާތައް ވެފައިވެ އެވެ.

މި އެކްސިޑެންޓު ފުލުހުން ތަހުގީގު ކުރަމުންދާއިރު މިއީ ލާމް ލިންކްގައި ހިނގި އެކްސިޑެންޓުތަކުގައި މަރުވި ތިން ވަނަ މީހާ އެވެ.