މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިމްޕޯޓް އާމްދަނީ މިދިއަ މަހު ދަށަށް

Nov 15, 2020

މިދިއަ އޮކްޓޯބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަގު މިދިއަ އަހަރުގެ އޮކްޓޫބަރާ އަޅާބަލާއިރު 51 ޕަސެންޓް ދަށް ވެއްޖެ އެވެ،

މިދިއަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮކްޓޯބަރު މަހު މި އަދަދުވަނީ 2.1 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.

މީގެއިތުރުން، މިދިއަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިއަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 41 ޕަސެންޓް ވަނީ ދަށްވެފައެވެ. އަދި 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 295 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮކްޓޯބަރު މަހު މި އަދަދުވަނީ 174 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

މިދިއަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވާ ގައުމުތަކަކީ އޮމާނާއި އިންޑިއާ އަދި ޗައިނާ އެވެ. އޮމާން އިން 287 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 270 މިލިއަން އަދި ޗައިނާއިން 261 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު އެތެރެކޮށްފައި ވެއެވެ.